އިސްލާމީ އަޚްލާޤް
އަޚްލާޤުގެ މާނައާއި ތަޢާރަފް
އަޚްލާޤު މާނަކުރައްވާ ޢިލްމުވެރިން ވިދާޅުވަނީ :
އަޚްލާޤަކީ އާދަތަކެވެ. ހަރުލާފައި ހުންނަ ސިފަތަކެވެ. އުޅޭގޮތްތަކެވެ. މިޒާޖެވެ.
ތަބީޢަތެވެ. މިމާނަތަކަށް ވިސްނާލުމުން އެނގިގެން ދަނީ ރަނގަޅު އަޚްލާޤުގެ
ވެރިޔަކަށް ވެވޭނީ ރަނގަޅު އާދަތަކާއި ސިފަތަކެއް ތިމާގެ ގައިގާ އަށަގެނެވުމުން
ކަމެވެ.
އިސްލާމްދީނާއި ރިވެތި އަޚްލާޤް
މާތް ﷲ އިންސާނުން އުފައްދަވައި މިދުނިޔެއަށް
ފޮނުއްވަވާފައިވަނީ އެމީހަކު ހިތުހުރި ގޮތަކަށް އުޅުމަށްޓަކައެއްނޫނެވެ. އެކަލާނގެ
ކޮންމެ ޒަމާނެއްގައިވެސް މީސްތަކުން އުޅެންވީގޮތް ބަޔާންކޮއްދެއްވުމަށްޓަކައި
ރަސޫލުބޭކަލުން ފޮނުއްވެވިއެވެ. އެގޮތުން އެކަލާނގެ އެންމެފަހުން ފޮނުއްވެވި
ރަސޫލަކީ މި އުއްމަތުގެ ރަސޫލާ މުޙައްމަދު ރަސޫލުﷲ صلى
الله عليه وسلمއެވެ. އެހެން ކަމުން އެކަލޭގެފާނަށް ތަބަޢަ ވުމަކީ ކޮންމެ މީހެއްގެ މައްޗަށް
ވާޖިބުވެގެންވާކަމެކެވެ. އެކަލޭގެފާނު ފޮނުއްވުނު މަޤުޞަދުތަކުގެ ތެރެއިން އެއް
މަޤުޞަދެއްކަމުގައި ވަނީ ރިވެތި އަޚްލާޤް ފުރިހަމަ ކޮއްދެއްވުމެވެ. އެކަލޭގެފާނު
ހަދީޘް ކުރެއްވި ބަސްފުޅުގެ މާނައިގައިވަނީ: " ހަމަކަށަވަރުން ތިމަންކަލޭގެފާނު
ފޮނުއްވުނީ އަޚުލާޤުގެ މަތިވެރި ސިފަތައް ފުރިހަމަކޮއްދެއްވުމަށް ޓަކައެވެ."
އެހެންކަމުން ރިވެތި އަޚުލާޤަކީ އިސްލާމްދީނުގައި ކިހާ އަހައްމިއްޔަތުކަމެއް
ދެވިފައިވާ ކަމެއްކަން މިޙަދީޘްފުޅުންވެސް ދޭހަވެގެންދެއެވެ.
އީމާންކަމާއި އަޚްލާޤްއާއި ދެމެދު ހުރި
ގުޅުން
އިސްލާމްދީނަކީ އަޤީދާއާއި ޝަރީޢާތުގެ މައްޗަށް
އެކުލެވިގެންވާދީނެކެވެ. އެހެން އިބާރާތަކުން ދަންނަވަނީނަމަ އީމާންވާންޖެހޭ
ކަންތައްތަކާއި ޢަމަލުން ފުރިހަމަކުރަންޖެހޭ ކަންތައް އިސްލާމްދީނުގައި
ކަޑައަޅުއްވާފައިވެއެވެ. މީގެތެރެއިން އެއްކަމަކާ މެދުވެސް ޣާފިލުވެއްޖެނަމަ އޭނާ
އަކީ މުސްލިމެކޭ ނުދެންނެވޭނެއެވެ. އެހެކަމުން ފުރިހަމަ މުސްލިމަކަށް ވެވޭނީ
އީމާންވުމަށްފަހު އޭނާގެ އަމަލުން އެކަންތައްތައް އަދާކުރާ ކަމުގައިވަނީނަމައެވެ.
އަދި އެ އަދާ ކުރުމުގެ ސަބަބުން އޭނާގެ އަޚްލާޤް ރަނގަޅުވާކަމުގައި ވާނަމައެވެ. އޭނާގެ
އަޚްލާޤް ރަނގަޅު ނޫންނަމަ އެއިން ދޭހަވެގެން ދަނީ އެނާގެ އީމާންތެރިކަން ފުރިހަމަ
ނުވާކަމެވެ.
ރިވެތި އަޚްލާޤުގެ ބައެއް ސިފަތައް
1- އިޚްލާސްތެރިކަން :
އިޚްލާޞްތެރިކަމަކީ ރިވެތި އަޚްލާޤްގެ ތެރޭގައި ހިމެނޭ
ސިފަތަކުގެ ތެރެއިން ކޮންމެ މިހެއްގެ ގައިގައި ހުރުން ވަރަށް މުހިއްމު
އެއްސިފައެވެ. އިޚްލާޞްތެރިކަމަކީ ތިމާ ކަމެއްކުރާއިރު އޭގެ އެއްމެ ފުރިހަމަ
ގޮތުގައި އެކަމެއް އަދާކުރުމެވެ. އަދި ހަމައެހެންމެ އެހެންމީހުންގެ ލޯއްބާއި
ތާއީދާއި ތަޢުރީފުގެ ބަސްތައް ހޯދުމުގެ ނިޔަތެއްނެތި އޭނަޔާއި ހަވާލުކުރެވޭ
މަސައްކަތެއް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމެވެ. މިމޭރުމުން ބަލާއިރު
މާތް ﷲ އަށް އިޚްލާޞްތެރި ވުމަކީ ތިމާ ﷲ އަށް އަޅުވެތިވާ އަޅުވެތިވުން ހަމައެކަނި
އެކަލާނގެއަށް ޚާލިސް ކުރުމެވެ. އެކަލާނގެއަށްޓަކައި ހިތް ސާފުކުރުމެވެ.
އިޚްލާޞްތެރިވުމުގެ އިދިކޮޅު ސިފައަކީ ދެއްކުންތެރިކަމެވެ. ވީމާ
އިޚްލާޞްތެރިވެވޭނީ އެމިހެއްގެ ހިތުގެ ނިޔަތް ރަނގަޅުކޮށްގެންނެވެ.
2- ދީލަތިކަން :
ދީލަތިކަމަކީ ދަހިވެތިނުވުމެވެ. ތިމާއަށް ލިބޭ މުދާ
ހޭދަކުރުމުގައި ދަހިވެތިނުވުމެވެ. އިސްލާމްދީން މުސްލިމުންނަށް ގޮވައިލަނީ
ދީލަތިވުމަށެވެ. އެގޮތުން ބޭނުންތައް ޖެހިފައިވާ މީހުންނަށް ނުވަތަ ތަނަވަސްކަން
ނެތް މީހުންނަށް އެހެނީ ފަޤީރުންނަށް އެހީތެރިވުމަށް އިސްލާމްދީން ވަރަށް ބޮޑަށް
ބާރު އަޅުއްވައެވެ.
3- ކެތްތެރިކަން :
ކެއްތެރިކަމަކީ ތިމާ ހިތް ނޭދޭ ކަންތައްތަކެއް ތިމާއަށް
ކުރިމަތިވާ ހިނދު ޙައްޤުގެ ދާއިރާއިން ބޭރު ނުވެ ޘާބިތުކަންމަތިގައި ހުރުމެވެ.
މިއީ ދުނިޔެއާއި އާޚިރަތަށްޓަކައި ކޮންމެ މުސްލިމަކަށް ބޭނުން ސިފައެކެވެ. މާތް ﷲ
ވަހީ ކުރައްވާފައިވާ އާޔަތެއްގެ މާނައިވަނީ: " ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ
ކެތްތެރިންނާ އެކުގައެވެ. "
ކެތްތެރިންގެ ކިބައިގައިގައި ހުރުން ކޮންމެހެން ލާޒިމު
ސިފަތަކެއްވެއެވެ. އެއީ :
· ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި ކެތްތެރިވުން.
· އުރެދުންތަކާ ދުރުހެލިވުމަށް ކެތްތެރިވުން.
· މުސީބާތްތަކަށް ކެތްތެރިވުން.
ހުރިހާކަމެއްގައިވެސް
ކެތްތެރިވުމަށް އިސްލާމްދީނުގައި އައިސްފައިވެއެވެ.
4- އަމާނަތްތެރިކަން
އަމާނަތްތެރިކަމަކީ ކޮންމެ މުސްލިމެއްގެ ކިބައިގައި
ހުންނަންޖެހޭ ސިފައެކެވެ. އެހެނީ ކީރިތި ރަސޫލާ (صلى الله
عليه وسلم) އަމާނާތްތެރިވުމަށް ބާރު އަޅުއްވާފައިވާ މިންވަރު
ބޮޑުކަމުންނެވެ. އަދި އަމާނަތްތެރިނުވާ މިހާގެ ކިބައިގައި އީމާން ތެރިކަމެއް
ނުވާވާހަކަވެސް އެކަލޭގެފާނުގެ ހަދީޘްފުޅުތަކުން އެނގިގެން ދެއެވެ.
5- ލަދުވެތިކަން :
ލަދުވެތިކަމާބެހޭގޮތުން ރަސޫލާ (صلى
الله عليه وسلم) ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " ހަމަކަށަވަރުން
ކޮންމެ ދިނަކަށް ޚުލްޤެއްވެއެވެ. އިސްލާމްދީނުގެ ޚުލްޤަކީ ލަދުވެތިކަމެވެ."
އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. " ލަދުވެތިކަމާއި އީމާން ކަމަކީ
އެކުއެކުގައިވާ ދެސިފައެވެ. ފަހެ އޭގެތެރެއިން އެއްސިފަނެތިއްޖެނަމަ
އަނެއްސިފަނެތި ހިނގައިދެއެވެ."
އެހެންކަމުން މުސްލިމެއް ވެއްޖެނަމަ ލަދުވެތިކަމުގެ ސިފަ
ހުނަންޖެހެއެވެ.
މަޢުލޫމާތު ނެގީ:
No comments:
Post a Comment