ޚިޔާލު

މި ބްލޮގަކީ 2013 ވަނަ އަހަރު ޤައުމީ ޔުނިވަރސިޓީގައި އަޅުގަނޑު ހަދަމުން ދިޔަ ކޯހުގައި ކިޔެވި އެއް މޮޑިއުލް ކަމަށްވާ "މަލްޓިމީޑިޔާ ޓެކްނޮލޮޖީ ފޯރ ޓީޗަރސް" މި މޮޑިއުލްގައި ކިޔެވި ބައިތަކުގެތެރެއިން ބްލޮގް ހަދަން ވެސް ދަސްކޮށްދީފައި ވާތީ އަޅުގަނޑު ހަދާފައިވާ ބްލޮގެކެވެ. މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ދަސްކުރި އެއްޗެއް ބޭނުން ނުކުރާނަމަ ހަނދާންނެތުމަކީ ވަރަށް ގިނަފަހަރަށް ދިމާވާ ކަމަކަށްވާތީ މީގެ ބޭނުން އަބަދުވެސް ކުރަމުން ގެންދިއުމެވެ. އަނެއް ބޭނުމަކީ ކޯހުގައި އަޅުގަނޑު ތައްޔާރުކުރި އެސައިންމެންޓުތަކުން ބައެއް މަޢުލޫމާތު މީގައި ހިމަނައިގެން ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް ބޭނުންހިފޭނެ މަޢުލޫމާތުކޮޅެއް ފޯރުކޮށްދިނުމެވެ. ތިންވަނަ ބޭނުމަކީ އަޅުގަނޑު މިހާރު ކިޔަވައިދެމުން ދާ ދަރިވަރުންނަށް ފަސޭހައިން މަޢުލޫމާތު ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމެވެ.  

No comments:

Post a Comment